ads
ފޯޅަވަހީގެ އަސްކަރީ މަރުކަޒުގައި ހަނގުރާމަމަތީ ޖެޓްތަކެއް: ޔޫކޭއިން މިހާރު ވަނީ އީރާނަށް ހަމަލާ ދިނުމުގައި މި މަރުކަޒު ބޭނުންކުރުމުގެ ހުއްދަ ދީފައި.
އީރާނުން ޑިއޭގޯ ގާސިއާ ބޭސްއަށް މިސައިލް ހަަމަލާއެއް ފޮނުވާލައިފި
އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އެ ގައުމުން އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ދޭ ރައްދު ހަމަލާތަކުގައި ފޯޅަވަހީގައި ހިންގާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.
Advertisement

ވޯލް ސްޓްރީޓް ޖާނަލްގައި މިއަދު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ބޭސް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން މިސައިލްތަކެއް ފޮނުވާލި ނަމަވެސް، އެއްވެސް ހަމަލާއެއް އެ ބޭހަށް އަމާޒުވެފައެއް ނުވެ އެވެ.

އެ ނޫހުން ބުނީ އޭގެ ތެރެއިން އެއް މިސައިލް ފެއިލްވި އިރު، އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކުން ދެވަނަ މިސައިލް ހުއްޓުވަން މަސައްކަތް ކުރީ އެސްއެމް-3 މިސައިލް ބޭނުންކޮށްގެން ކަަމަށެވެ. އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުން އެ މިސައިލް ވައްޓާލެވުނުކަމެއް ނުވަތަ ނޫންކަން ސާފު ނުވާ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އީރާނާއި އެމެރިކާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޑިއޭގޯ ގާސިއާއަކީ މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތަކަށް އެމެރިކާއިން ބޭނުންކުރާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ މުހިންމު މަރުކަޒެކެވެ. މީގެ ކުރިން ބެލެވިފައި އޮތީ އެ މަރުކަޒަކީ އީރާނުގެ މިސައިލް ހަމަލާތައް ފޯރާނެ ދުރުމިނެއްގައި އޮތް ތަނެއް ނޫން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާ ދީފައިވަނީ، ތެހެރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

އީރާނާއި 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ފޯޅަވައްސަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކާއެކު އީރާނުގެ މިސައިލްތަކުގެ ގާބިލުކަން އިތުރަށް ހާމަވާ ކަމަށް ދިރާސާވެރިން ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;