ads
ނޮޅިވަރަމްގެ ގެތަކުގައި ފެން ބޮޑުވެފައި. ފެން ނުހިދިގެން ސިފައިންގެ އެހީތެރިކަމަށް ވަނީ އެދިފައި
ރެއިން ފެށިގެން ހުއްޓާ ނުލާ ވާރޭވެހި ނޮޅިވަރަމް ފެނު އަޑީގައި، ގެތަކުން މީހުން ބަދަލުކުރަނީ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރެއިން ފެށިގެން ހުއްޓާ ނުލާ ނޮޅިވަރަމަށް ވާރޭވެހި ގެތަކަށް ފެންވަދެ، މީހުން ބަދަލުކުރަން ޖެހިއްޖެ އެވެ. ރެއިން ފެށިގެން ހުއްޓާ ނުލާ ވާރޭވެހި ނޮޅިވަރަމް ފެނު އަޑީގައި
Advertisement

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީީ (އެންޑީއެމްއޭ ) އިން ބުނީ  މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ނޮވިރަމް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެހެންނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ރަށު ކައުންސިލާއި ހަވާލާދީ އެންޑީއެމްއޭއިން ބުނެ އެވެ. އަދި ރަށުގެ %95 ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ޢާއިލާތައް ވަނީ މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.

މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައި." އެންޑީއެމްއޭއިން ބުނެ އެވެ.

މީގެ އިތުރުން ޅ.ނައިފަރު  ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ.  ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރި ނުވާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލާއި ހަވާލާދީ އެންޑީއެމްއޭއިން ބުނެ އެވެ. 

މިރަށްތަކުން އިންސާނީ  އެހީތެރިކަން ބޭނުންވާ ފަރާތްތަށް ދެނެގަނެ ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް