ads
"ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގައި ރައީސް މުއިއްޒު ގަސް އިންދަވަނީ
5 މިލިއަން ގަސް ވައުދު، އެންމެ ގިނަ ގަސް އިންދީ އަދި ނުހުޅުވާ ރިސޯޓެއްގައި، އެއީ 1.4 މިލިއަން
5 މިލިއަން ގަސް ވައުދުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ގަސް އިންދާފައިވަނީ ރިސޯޓެއްގައިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު"ގެ ދަށުން، މިހާތަނަށް 2.4 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި، ކަނޑައެޅިފައިވާ ލަނޑުދަނޑީގެ ބޮޑުބައެއް ހާސިލުކޮށްފައިވާކަމަށެވެ. 

މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިހާތަނަށް އެންމެ ގިނަ ގަސް އިންދާފައިވަނީ އަންނަ އަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ރޯސްވުޑް ރިސޯޓުގަ އެވެ. ގަތަރުގެ ކުންފުންޏަކުން މާލެ އަތޮޅުގައި ހަދަމުން އަންނަ މި ރިސޯޓްގައި 5 މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން 1.5 މިލިއަން ގަސް އިންދާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ. 

ދެން އެންމެ ގިނަ ގަސް އިންދާފައިވަނީ އެޗްޑީސީންނާއި އެމްޕީއެލްއިން ނެވެ. އެއިން ކޮންމެ ކުންފުންޏަކުން 100،000 ގަސް އިންދާފއިވާކަމަށް މިނިސްޓްރީން ބުނެ އެވެ. 

ސްކޫލްތަކުން މިހާތަަނަށް 189،965 ގަސް އިންދާފައިވާކަަމަށާއި އެންމެ ގިނަ ގަސް އިންދީ ގާފަރު ސްކޫލުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ. އެ ސްކޫލުން މިހާތަނަށް 550 ގަސް އިންދާފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.  

ޕްރައިވެޓް ސެކްޓާއިން 42،349 ގަސް އިންދާފައިވާއިރު ގެސްޓް ހަައުސްތަކުން 595 ގަސް އިންދާފައިވާކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ. އޭގެއިތުރުން މިނިސްޓްރީތަކާއި އެމްބަސީތަކާއި އެސޯސިއޭޝަންތަކުން މިހާތަނަށް 26 ހާހާއި ގާތްކުރާ ވަރަށް ގަސް އިންދާފައިވާކަމަަށް މިނިސްޓްރީން ބުނެ އެވެ. 

ފަސް މިލިއަން ގަސް  ޕްރޮގްރާމަކީ ރާއްޖޭގެ ފެހިކަން އިތުރުކޮށް، ތިމާވެށީގެ ނިޒާމު ހިމާޔަތްކުރުމުގެ މަގުސަދުގައި ރައީސް މުއިއްޒު "ކޮޕް28" ގައި އިއުލާން ކުރެއްވި މުހިންމު ވައުދެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް