މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެއީ ފީވަކާއި ފުނަދޫ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މޮނީޓަރުންގެ ހާލަތުގައި 265 ތަނެއް ވާކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގައި 1774 މީހުން ތިބިއިރު އައިސޮލޭޝަނުގައި 533 މީހުން ތިބި ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 648 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ.