ads
ލަންކާގައި ވިއްކާ ތެލުގެ އަގު 25 ޕަސެންޓު ބޮޑުކޮށްފި
ލަންކާގައި ވިއްކާ ތެލުގެ އަގު 25 ޕަސެންޓު ބޮޑުކޮށްފި
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވަމުން އަންނާތީ ސްްރީ ލަންކާއިން ތެލުގެ އަގު އިއްޔެ 25 ޕަސެންޓަށް ބޮޑުކޮށްފި އެވެ.
Advertisement

މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު 317 ރުޕީސް އިން 398 ރޫޕީސް (1.30 އެމެރިކާ ޑޮލަރު) އަށް ވަނީ އުފުލިފަ އެވެ. އަދި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ޑީސަލް ލީޓަރަކުން 79 ރުޕީސް ބޮޑުވެ، މިހާރު ލީޓަރެއްގެ އަގު ހުރީ 382 ރުޕީސްގަ އެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، އަގަށް މި ގެނައި ބަދަލާއެކު ތެޔޮ ބޭނުންކުރާ މިންވަރު 15-20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސްްރީ ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. މީގެ އިތުރުން ކަރަންޓު އުފެއްދުމަށް ކޯލް ވެސް އެ ގައުމުން ގަނެ އެވެ. ސާފުކޮށްފައިވާ ތެޔޮ ސްްރީ ލަންކާއިން ގަންނަނީ ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ.

ތެޔޮ އިގުތިސާދު ކުރުމަށްޓަކައި ސްްރީލަންކާގައި މިހާރު ވަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފަ އެވެ. މި ބަދަލު ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ވެސް ހިނގާނެ ނަމަވެސް، ޒަރޫރީ ހިދުމަތްތައް ދޭ އިދާރާތަކުގެ ބަންދު ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވަނީ ބުދަ ދުވަހެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ މެދުއިރުމަތީގައި އެ ދެ ގައުމުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފައިވުމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރޫޓްތަކުން ދަތުރުތައް ވަނީ މަދުވެފަ އެވެ.

މީގެ އިތުރުން، ތެލުގެ ބޮޑެތި ޝިޕްމެންޓްތައް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ސަޕްލައި ޗެއިންއަށް ބުރޫ އަރައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;