ދިރާގު ސްޓޯލަށް ޒިޔާރަތްކޮށް ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއްނެތް ފައިބަ ކަނެކްޝަނެއް ނަންގަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯއެއް ލިބިގެންދާނެ އެވެ. އަދި ދިރާގުގެ އޭއައި ކޯލް އެސިސްޓަންޓް އައިވްއަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އޭގެ އިތުރުން، ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން އައިވް ޑޭޝް ގޭމް ކުޅެގެން ލީޑަބޯޑުގެ އެންމެ ކުރި ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކު 25ޖީބީގެ ހިލޭ ޑޭޓާއާއެކު ހިލޭ މައިފައި ޑިވައިސްއެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ. އަދި ދިރާގުގެ އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުގެ އިތުރުން، އެކްސްޕޯއަށް ހާއްސަކޮށްގެން ހުރި އަގުހުރި އޮފާތަކާއި ބެނެފިޓްތައް ވެސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގުން އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމު ކޮށްގެން ހާއްސަ ގޭމިން ހަރަކާތްތަކެއް ވެސް މި އެކްސްޕޯގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
މީގެ އިތުރުން، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ގޭމް ކުޅުމުގެ ހަރަކާތްތަކެއް ވެސް މި އެކްސްޕޯގައި ވަރަށް ފޯރިއާއެކު ދަނީ ކުރިއަށެވެ.
ޑީޖީޖީއިން މޯލްޑިވްސް އެކްސްޕޯގައި ހިންގާ ގޭމިންގ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފް.ސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ވަނީ ހިމަނައިފަ އެވެ. އަދި ޖީ.ޓީ 7 ރޭސިންގ ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ވަނީ ހުޅުވައިލައިފަ އެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ވަނީ ކަނޑައަޅައިފަ އެވެ.
މި އެކްސްޕޯ ނޮވެމްބަރު ދެ ވަނަ ނިޔަލަށް ކުރިއަށްދާނެ އެވެ.