ads
އިންޑިއާ ނޭވީ ސިފައިން ރާއްޖޭގައި ބޭނުން ކުރާ ހެލިކަޕްޓަރު
ހެލިކޮޕްޓަރުގެ ހިދުމަތަށް ޕްރޮޕޯސަލް ހުށަހަޅަން އިތުރު ވަގުތު ދީފި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވާ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
Advertisement

އެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިން ވަނަ ފަހަަރަށް އެންމެ ފަހުން ހުޅުވައިލީ މި އަހަރުގެ ޖެނުއަރީ މަހުގެ 22 ގަ އެވެ. އޭރު ޕްރޮޕޯސަލް ހުށަހަޅަން ދިން މުއްދަތު ހަމަވާނީ މި މަހުގެ 25 އަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 20 އާ ހަމައަށް އިތުރުކޮށްފައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އިތުރު ވަގުތު ބޭނުންވާނެ ކަމަށް ފެންނާތީ ކަމަށެވެ.

ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ؛

  • ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން. 
  • ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން. 
  • ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލަން ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.

އެ ހިދުމަތް ދޭން ބަޔަކާ ހަވާލު ކުރަން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;