އެސްޓީއޯއިން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ބުނީ، ގޭހުގެ އާ ޝިޕްމެންޓެއް މިއަދު ރާއްޖެ ގެނެސް ބާޒާރުގައި ކުރިމަތިވެފައިވާ ގޭހުގެ ދަތިކަން ހައްލުކޮށްފައިވާ ކަމަށެވެ. އަދި މި ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ދަނީ ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ގޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޭހުގެ ދަތިކަން ކުރިމަތިނުވެ ހުރިހާ ކަސްޓަމަރުންނަށް ގޭސް ލިބޭނެ ކަން ކަށަވަރު ކުރުމަށް 10 ކިލޯގެ ގޭސް ފުޅި ވިއްކުން ވަގުތީ ގޮތުން މަޑުޖައްސާލި އެވެ. އެއީ ގޭހުގެ އައު ޝިޕްމަންޓެއް ލިބެންދެނެ އެވެ.
ގޭހާއި ތެޔޮ ލިބުން ދަތިވެ އެ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވަނީ އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެންނެވެ. ނަމަވެސް ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމުގައި އެސްޓީއޯއިން ވަނީ ތަކުރާރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;