ads
ކުރީގެ ކޮމިޝަނަރު ނަވީން ރައީސް މުއިއްޒުއާއެކު
ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލާނެ މީހަކު ނުވި!
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާނެ މީހަކު ނުވުމުން، އަނެއްކާވެސް އެ މަގާމަށް ކުރިމަތު ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
Advertisement

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު އެއްވެސް އޮފިސަރަކު ހުށަނޭޅުއްވުމުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ފުރުސަތެއް މިހާރު ދީފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ކޮމިޝަނަރު ކަމަށް ކުރިމަތިލެވެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކުތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން އޮފިސަރަކަށެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖެހުމާ ހަމަށް، ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ.  

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔަކުރެއްވުމާ އެކު އެވެ. ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.

މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;