ads
ސަލާހް ނުވަ އަހަރަށްފަހު ލިވަޕޫލް ދޫކޮށްލާކަން އިއުލާންކުރީ އަސަރުގަދަ ވީޑިއޯ މެސެއްްޖެއްގައި ފޮޓޯ: ގެޓީ އިމޭޖަސް
9 އަހަރަށްފަހު ސަލާހް ލިވަޕޫލް ދޫކޮށްލަނީ، މީފަހު ސީޒަން
މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން ކެޕްޓަން، މުހައްމަދު ސަލާހް އިއުލާން ކޮށްފިއެވެ.
Advertisement

ސަލާހް މިކަން ހާމަކުރީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އޭނާ އެ މެސެޖުގައި ބުނީ އެއީ އޭނާގެ ލިވަޕޫލަށް އަލްވަދާއީ މެސެޖުގެ ފުރަތަމަ ބައިކަމަށެވެ. އަދި މި ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލާނެކަމަށްވެސް ސަލާހް ބުންޏެވެ. 

މިދިޔަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި ސަލާހު ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފައެވެ. އެހެންނަމަވެސް ލިވަޕޫލް ދޫކޮށްލަން ސަލާހް މި ނިންމީ އެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ނިމުމުން، މި ސީޒަނަށް ފަހު، ބާކީ އެއް އަަަހަރު އޮއްވައެވެ. 

އުމުރުން 33 އަހަރުގެ ސަލާހް ލިވަޕޫލާއި ގުޅުނީ 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގައެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާއެކު އެއްބަސްވުންް އާކުރިއެވެ. ކުރިން ޗެލްސީގައިވެސް ކުޅުނު ސަލާހްް ލިވަޕޫލް މި ދޫކޮށްލަނީ އެޓީމާއި އެކު 9 އަހަރު ހޭދަކުރުމަށްފަހުއެވެ. 

އަންނަ ސީޒަނުގައި ސަލާހް ގުޅޭނީ ކޮން ކްލަބަކާ ކަމެއް އަދި އޭނާއެއް ނުބުނެއެވެ. އެހެންނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން އޭނާ ހޯދުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;