މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަކު އޭނަ މި ވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޝެލްސްގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނެވެ.
މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ގާތް އަދި ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ދަތުރެއް ކަމަށެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ހައިސިއްޔަތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހަރުދަނާކުރުމަށް ދެ ގައުމުން ދޭ އިސްކަން މި ދަތުރުން ހާމަވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;