ads
އާމިރު މަންސޫރަށް ރައީސް ގައުމީ އިނާމް ދެއްވަނީ ފޮޓޯ: ރައީސް އޮފީސް
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ނަން ހުށަހެޅުމުގެ ފުރުސަތު އެޕްރީލް 30ގެ ނިޔަލަށް
މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
Advertisement

ރައީސް އޮފީހުން މިއަދު ވަނީ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާ، އިނާމު ދޭނެ އުސޫލު އާންމުކޮށްފަ އެވެ.

އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ގައުމީ އިނާމަށް މިއަހަރު ވެސް ހުޅުވާލީ 39 ދާއިރާއަކުންނެވެ. ގައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ހިދުމަތުގެ މުއްދަތު ގުނާނީ އެ މީހެއްގެ އުމުރުން 18 އަހަރު ފުރުމަށްފަހުގައި ކުރާ ހިދުމަތަށެވެ. 

ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ. 



 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;