މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، އެ ޔުނިޓުތަކުގައި ހުންނާނީ ތިން ކޮޓަރީގެ އެޕާޓުމަންޓުތަކެކެވެ. އެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރީ 480 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވައިކަރަދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ވައިކަރަދޫގެ ތަރައްގީއަށް އެކި ދާއިރާތަކުން، ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;