ads
އެމްއެމްބީސީގެ ހަފުލާއެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އެމްއެމްބީސީ
މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
Advertisement

މާލީ އެހިތެރިކަމަށް އެދި ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 3 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕްރޮޕޯޒަލް ހުށައެޅުމަށްޓަކައި ބޭނުންކުރާނީ "ވަންގަވް" ތެރޭގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv  އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދޭން ފުރަތަމަ ހަވާލުވީ ޔޫތު މިނިސްޓްރީންނެވެ. އެކަމަކު، މީޑިއާ ކޮމިޝަން އުފެއްދުމުން އެ މަސައްކަތާ ކޮމިޝަނުން ހަވާލުވީ އެވެ.

އުސޫލުގައިވާ ގޮތުން މީޑިއާތަކަށް ދޭނީ ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ. މި އަހަރަށް ކަނޑައަޅާފައިވަނީ 35.1 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް