ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ސަރުކާރުން ބޭރަށް ކުރާ ދަތުރައް ހުއްޓާކާފައިވާކަމަށެވެ. މިނިސްޓްރީތަކުން އެދުނަސް އެ ބައްދަލުވުމަކާ ގުޅޭ ފަރާތަކުން ހަރަދުކުރާ ދަތުރުތައް ނުވަތަ "ފަންޑެޑް ދަތުރުތައް" ފިޔަވައި އެހެން ހުރިހާ ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ކުރެވެން ހުރިކަންކަން އެގޮތުން ކުރަމުން ގެނދިޔަ އަންގާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އެގޮތުން ހުދު އެކަމަނިކުފާނުވެސް ކޮންމެހެން ރާއްޖެ އިން ބޭރަށް ކުރައްވަން ތާވަލް ކުރެއްވި ދަތުރެއް ކެންސަލް ކުރައްވާ އެ ހަފުލާގައި އޮންލައިންކޮށް ސޮއިކުރައްވަން ނިންމާފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ. ބޭރު ދަތުރުައް ހުއްޓާލިނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރާއްޖެ އިން ބޭރަށް ކުރައްވަން ބޭނުންވާ ދަތުރުތައް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަނީ ކުރިން އިއުލާންކޮށްގެން ނޫންކަމަށެވެ. އެހެންނަމަވެސް އެކަން ކަން ކުރަމުން އަންކަން ޒަމީރު ފާހަގަކުރެވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;