ads
ފޮޓޯ: އެމްއައިބީ
ފައިދާގެ ގޮތުގައި އެމްއައިބީގެ ހިއްސާދާރުންނަށް 129 މިލިޔަން ރުފިޔާ
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
Advertisement

އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ އޮޑިޓެޑް ފައިނޭންޝަލް ރިޕޯޓްތައް ފާސްކޮށްފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި 129 މިލިއަން ރުފިޔާއަކީ 2024 ވަނަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ 25.81 ޕަސެންޓުގެ އިތުރުވުމެކެވެ.

މި ހުށަހެޅުން ފާސްވެއްޖެނަމަ، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި 5.41 ރުފިޔާ ލިބޭނެއެވެ. މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި 4.58 ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އެމްއައިބީން ބުނި ގޮތުގައި މިދިޔަ އަހަރަކީ އެ ބޭންކަށް މާލީ ގޮތުން ވަރަށް ކާމިޔާބު އަހަރެކެވެ. އަދި މި އަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރުކަންވެސް ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ. ޑިވިޑެންޑް ޕޭއައުޓް ރޭޝިއޯއަށް ބަލާއިރުވެސް މިއީ 35 ޕަސެންޓުގެ ކުރިއެރުމެކެވެ.

ފައިދާ ބެހުމާ ގުޅޭގޮތުން ބޯޑުން ނިންމާފައިވާ މި ހުށަހެޅުން ފައިނަލްކޮށް ފާސްކުރާނީ އަންނަ މޭ މަހު ބާއްވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާ ގައެވެ.

އެ ބޭންކުން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިންކަމް ޓެކްސް ގާނޫނުގައިވާ ގޮތުގައި ނޮން ރެޒިޑެންޓް ހިއްސާދާރުންނަށް 10 ޕަސެންޓުގެ ވިތުހޯލްޑިން ޓެކްސެއް ނެގިދާނެ އެވެ. ނަމަވެސް މިއީ ރެޒިޑެންސީ ސްޓޭޓަސް ޑެކްލެއާ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސެއް ކަމަށް އެ ބޭންކުން ބުންޏެވެ. އެހެންވެ، އެ ބޭންކުން ރެޒިޑެންސީ ސްޓޭޓަސް އަވަހަކަށް ޑެކްލެއާ ކުރުމަށް ވަނީ ބާރުއަޅައިފަ އެވެ.

މިދިޔަ އަހަރަކީ އެމްއައިބީ އަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބެންކުން ހާމަކުރެ އެވެ. އަދި، މި އަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް އެމްއައިބީން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;