އިެލްކްޝަންްސްް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަތޮޅުތަކުގައި ޤާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ،ރ،ތ،ލ،ގއ،ގދ،ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށްކަމަށް އީސީން ބުނެއެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ،ށ،ނ،ބ،ޅ،އއ،އދ،ވ،މ،ފ އަދި ދ އަތޮޅަށްކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.. ކ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހުކަށް އީސީން ބުނެއެވެ.
އަންނަމަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ކޮމިޝަނުގެ މުވައްޒަފުން ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;