ads
ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވާ ބަލެންދްރަ ޝާހް ކުރެއްވުން
ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވާ ބަލެންދްރަ ޝާހް ކުރައްވައިފި
ނޭޕާލްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ބަލެންދްރަ ޝާހް، އެ ޤަގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވައިކުރައްވައިފި އެވެ.
Advertisement

މާރިޗު 5 ގައި ބޭއްވި އާންމު އިންތިޚާބުގައި ޝާހްގެ ރާސްތުރިޔާ ސްވަޓަންޓްރާ ޕާޓީން ވަނީ ޤާނޫނުހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ، ހުސްވި އަހަރު ނޭޕާލްގެ ސަރުކާރާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާތަކާ ގުޅިގެން ހިނގި ހަމަނުޖެހުންގަނޑަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. 

ޒުވާނުން އިސްވެ ކުރި މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 76 މީހުން މަރުވި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކަރްކީ ވަނީ މަޖިލިސް އިންތިހާބާ ހަމައަށް ގައުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން 32 ސަރުކާރެއް ނޭޕާލްގެ ވެރިކަމާ ހަވާލުވެފައިވާއިރު އޭގެ ތެރެއިން އެއްވެސް ސަރުކާރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމައެއް ނުކުރެވެ އެވެ.

ޝާހްގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ފުރަތަމަ އިމްތިހާނަކީ، ސަރުކާރުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ހިންގުން ހަލުވިކުރުމުގައި ސަރުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;