ads
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބަރުލަމާނީ ސިފައެއް ނޫން: އެޓާނީ ޖެނެރަލް
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބަރުލަމާނީ ސިފައެއް ނޫން ކަމަށާއި ރިޔާސީ ނިޒާމު އޮންނަ އެހެން ބައެއް ގައުމުތަކުގައި ވެސް އެގޮތަށް އަމަލު ކުރާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އުޝާމް މިހެން ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 4ގަ އެވެ.

އެ ވޯޓާ ގުޅޭ ގޮތުން މިއަދު ބާ ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަންގައި އެޓާނީ ޖެނެރަލް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރާ ގޮތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ދެންވެސް މަޖިލީހުގައި ތިއްބަވާ ރައްޔިތުންގެ މަންދޫބުން ކަނޑައަޅާނީ ހަމަ ރައްޔިތުންގެ ވޯޓުން ކަމަށާއި ހަމައެކަނި ބަދަލުވާ ކަމަކީ އިންތިހާބު އޮންނަ ދުވަސް ކަން ފާހަގަކުރެއްވި އެވެ.

އެޓާނީ ޖެނެރަލް ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުން ބަދަލު އަންނަނީ އިންތިހާބުތައް މިހާރު ބާއްވަމުން އަންނަ އުސޫލުތަކަށްކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ބަރުލަމާނީ ސިފައެއް ނޫން ކަމަށާއި ރިޔާސީ ނިޒާމު އޮންނަ އެހެން ބައެއް ގައުމުތަކުގައި ވެސް އެގޮތަށް އަމަލު ކުރާ ކަމަށެވެ. އެގޮތުން ރިޔާސީ ނިޒާމު އޮންނަ، ތުރިުކީ އިންޑޮނޭޝިއާ، ފިލިޕީންސް، އާޖެންޓީނާ އަދި ބްރެޒިލްގައި ވެސް ދެ އިންތިހާބު ބާއްވަނީ އެކީގައި ކަމަށް ވިދާޅުވި އެވެ. 

"ފައިދާތައް ހުރީމަ އެ ގައުމުތަކުގައި ވެސް އެގޮތަށް އެކަން ކުރަނީ. މި ކަމަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުގެ ސިފައެކޭ އެ ވިދާޅުވަނީ ރަނގަޅަކަށް ނޫން. ރިޔާސީ ނިޒާމު އޮންނަ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް މިކަން ކުރެވޭ. މިކަމުގައި ރަނގަޅު ނަތީޖާތަކެއް ވެސް ދިރާސާތަކުން ފެންނަ އެބަހުރި،" އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ރާއްޖެއިން ބަލައިގެންފައި ވަނީ މަލްޓި-ޕާޓީ ޑިމޮކްރަޓިކް ނިޒާމެއް ކަމަށާއި އެ ނިޒާމުގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެކަމުގެ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފައި އޮންނަ ވޯޓުލުމުގެ ހައްގު ކަމަށެވެ. 

މަޖިލީހުގެ އުމުރަށް މިވަގުތު ހަމައެކަނި ބަދަލުގެނައީ، އެއާ ގުޅިގެން ގާނޫނުއަސާސީގައި ދެން ހުރި ކަންކަމަކީ، މަޖިލީހުގެ އުމުރު އޮންނަންވީ ގޮތާ މެދު ރައްޔިތުން ދެކޭ ގޮތެއްގެ މައްޗަށް ބިނާވާނެ ބަދަލުތަކަކަށް ވާތީ ކަމަށް އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން ނޫނެކޭ ބުނާ ހާލަތުގައި ބަދަލުގެންނަން ނުޖެހޭ މާއްދާތައް ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ އާ ގާނޫނުއަސާސީގައި އުނި ގިނަ ކަންތައްތަކެއް ހުރުމުން، އެއަށް ބައިވަރު އިސްލާހުތަކެއް ގެންނަން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެޓާނީ ޖެނެރަލް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީ ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ބާވަތުގެ ކަމެއް ދިމާވުމުން، ރައްޔިތުންގެ ހިޔާލު ހޯދަނީ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅިގެން އަންނާނެ ބަދަލުތަކާ އެކު، ދެން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. 

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:

  • ރައްޔިތުންގެ ބާރު
  • ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
  • ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
  • އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
  • އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
  • އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
  • އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
  • މިނިވަން ބަންޑާރަ ނައިބެއް ހޯދުން
  • ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
  • ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން 
  • ސަރުކާރު ރޯލް ސާފުކޮށް ލިޔުން
  • ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
  • ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
  • ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ވެސް އަލުން ތަރުތީބު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވަނީ ގޮވާލާފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ. 

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;