އެތަން މިއަދު ހުޅުވައި ދެއްވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ކެމްޕޭން ހަރަކާތްތަކަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަޑައިގެންނެވެ.
އެ ސިޓީގެ ރީޖަނަލް ހޮސްޕިޓަލްގެ އާ ޑައިލިސިސް ސެންޓަރު ހުޅުވަން ބޭއްވުު ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި އެ މިނިސްޓްރީގެ އިސް ވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ޑައިލިސިސް ސެންޓަރު ހުޅުވައި ދެއްވުމަށް ފަހު ސާޖިދާ ވަނީ އެތަން ބައްލަވާލައްވާފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން 2013ވަނަ އަހަރު 4 އެނދާއެކު ހުޅުވުނު ޑައިލިސިސް ޔުނިޓު 9 އެނދުގެ ޑައިލިސިސް ސެންޓަރަކަށް ބަދަލުވެ މިހިދުމަތް މިވަނީ ފުޅާވެ ތަރައްގީވެފަ އެވެ. މި ޑައިލިސިސް ސެންޓަރުގެ ހިދުމަތާއެކު ހާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ.
މިޚިހިދުމަތާއެކު ޑައިލިސިސް ހަދާ ބަލިމީހުންނަށް ކިއުގައި މަޑުކުރަން ނުޖެހި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ހާއްސަވާ ފަރުވާ ލިބޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;