މިއަދު ބިންގާއެޅި 13 ފަންގިފިލާގެ ޕާކިން ބިލްޑިންއަކީ، ދެފުރޮޅުލީ 500 އުޅަނދާއި ހަތަރު ފުރޮޅުލީ 800 އުޅަނދުގެ ޖާގައިގެ، ވެހިކަލް އެލެވޭޓަރާއި ރޭމްޕްގެ އިތުރުން ހާއްސަ ވިޔަފާރި ޖާގަތަކާ އެކު ތަރައްގީކުރާ އިމާރާތެކެވެ.
އިމާރާތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޓަރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލްތައް ގިނަވެ، ޕާކުކުރެވޭނޭ ސަރަހައްދެއް ނެތި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ގަރާޖުނުލިބޭ ހާލަތު ބަދަލުކުރުމަށް، މިއަދު ބިންގާ އެޅި ޕާކިން ބިލްޑިންގެ ދަށުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އިމާރާތުގައި ވެހިކަލް ޕާކިންގެ އިތުރުން، އުޅަނދުތަކަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ އަދި ވިޔަފާރި އައުޓްލެޓްތަކާއި އިލެކްޓްރިކް އުޅަނދު ޗާޖިން ފެސިލިޓީއަކާއި އަދި ކުޅިވަރު ފެސިލިޓީތަކެއްވެސް ހިމެނެ އެވެ.
މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ތައްޔާރުވެއްޖެ އެވެ. އެ ބިލްޑިންތަކާއެކު ހަތަރުފުރޮޅުލީ އުޅަނދުތަކަށް 2600އަށްވުރެ ގިނަ ޖާގަ ލިބޭނެކަމަށާއި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;