ޝިލްޕާ ޝެޓީ--
80 ކިލޯގައި ހުރި ޝިލްޕާގެ "ފިޓްނަސް ސީކްރެޓް" މި އޮތީ!
18 ޑިސެމްބަރ 2019 - 16:09:37
ޝިޕްލާ ޝެޓީއަކީ އުމުރަށް އަންނަ ބަދަލާއެކު ސިފަ އާއި ހަށިގަނޑު އިތުރަށް ފުރިހަމަވަމުންދާ ބޮލީވުޑުގެ ތަރިއެކެވެ. ބޮލީވުޑުގެ ތަރިންގެ ތެރެއިން އެންމެ ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ އެކަކީ ޝިލްޕާ އެވެ.

އޭނާގެ ހަށިގަނޑުގެ ބައްޓަން ބަދަލު ނުވެ އެއް ގޮތެއްގައި ހުންނައިރު، އެކަން ކުރުމަށް ޝިލްޕާ ބުރަ މަސައްކަތްތަކެއް ކުރެ އެވެ.
މިހާތަނަށް ޝިލްޕާ ވަނީ އޭނާގެ "ފިޓްނަސް ސީކްރެޓް" ހިއްސާ ކުރުމަށް ކަސްރަތާއި ޔޯގާއާ ގުޅޭ ގިނަ ވީޑިއޯ ޓިއުޓޯރިއަލްތަކެއް ނެރިފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި މާބަނޑުއިރު 80 ކިލޯއަށް އެރި ނަމަވެސް، ވިހެއުމަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކަސްރަތު ފެށުމުން އުނދަގުލެއް ނެތި ބަރުދަން ލުއިވި އެވެ.
ޝިލްޕާ ބުނާ ގޮތުގައި އެންމެ މުހިއްމު އެއް ކަމަކީ ބެލެންސް ޑަޔަޓެއް ގެންގުޅުމެވެ. އެގޮތުން ދުވަސް ފެށުމުގެ ގޮތުން އެލޯ ވެރާ ޖޫސް ވަރަށް މުހިއްމު ކަމަށް އޭނާ ދެކެ އެވެ.
އަދި ނާސްތާތަކުގައި ވައިޓް ކާބްސްގެ ބަދަލުގައި ހިޔާރު ކުރަނީ ބްރައުން ކާބްސް އެވެ. އަދި ކެއުމަށް ފަހު ހޭދަވާ ވަގުތުތަކުގައި ބޭކާރު ތަކެތި ނުކައި ވޭތޯ ބަލަ އެވެ.
ކަސްރަތުގެ ގޮތުގައި ކާޑިއޯ އާއި ސްޓްރެންތް ޓްރެއިނިން އަދި ޔޯގާ ކުރިއަށް ގެންދެ އެވެ. އަދި ހަފްތާގެ އެކި ދުވަސްތައް ހާއްސަ ކުރަނީ ވަކި ޑަޔަޓުތަކަށެވެ.
ބައެއް ދުވަސްތަކުގައި ކާބޯހައިޑްރޭޓްސް ގިނަ ކެއުން ބޭނުން ކުރާއިރު، އެހެން ދުވަސްތަކުގައި އެއްވެސް ވަރަކަށް ކެއުމުގައި ކާބޯހައިޑްރޭޓްސް ނުހިމަނަ އެވެ.
ޑަޔަޓު ކުރުމުގެ ނަމުގައި ނުކައި ހުރުމަކީ ޝިލްޕާ ގަބޫލު ކުރާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކާނާ އާއެކު ކަސްރަތު ކުރުމުން ބަދަލު އަންނާނެ ކަމަށް ދެކެ އެވެ.
އޭގެ އިތުރުން ހަކުރު ގިނަ ބުއިންތަކުން ދުރުވެ، ގިނައިން ގްރީން ޓީ ބުއިމަކީ ޝިލްޕާގެ އާދަ އެކެވެ. ނިދުމުގެ ތިން ގަޑިއިރު ކުރިން ރޭގަނޑުގެ ނާސްތާ ނަގާއިރު، ރޭގަނޑު 08:00 ގެ ފަހުން ކާތަކެތިން ދުރުވެވޭތޯ ޝިލްޕާ ބަލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް