މި އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.
ކުނބުރުދޫގެ ހައުސިން ޔުނިޓްތައް އެޅުމަށް ދީފައިވަނީ، 480 ދުވަހުގެ މުއްދަތެކެވެ. މިއެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 3 ކޮޓަރީގެ 25 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މަހިބަދޫގެ ހައުސިން ޔުނިޓްތައް ނިންމުމަށް ދީފައިވަނީ، 540 ދުވަހެވެ. މި މަޝްރޫއުގެ ދަށުން އެރަށުގައި 100 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;