ads
މި މަސައްކަތް ކުރިއަށްގެންދާނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނާޢި ހަވާލުކޮށްގެން
ފުރަތަމަ ފިހަޔަވަހީގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
މި މަސައްކަތް ކުރިއަށްގެންދާނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނާޢި ހަވާލުކޮށްގެން
"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓްގެ ބިންގާ މިރޭ އަޅައިފި އެވެ.
Advertisement

ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި އިމާރާތް ކުރާ 182 ހައުސިން ޔުނިޓު އިމަރާތްކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އަޅާނީ 3 ކޮޓަރީގެ 182 އެޕާޓްމަންޓެވެ. އެއީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ. 

އެ ފްލެޓުތައް އިމާރާތް ކުރުމަށް ބިންގާ އެޅުމަށް ހުޅުމާލޭ 1 ގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ހިންގާ މަޝްރޫއުއެއް ކަމަށެވެ. 


your imageހައުސިން ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް - ފޮޓޯ: ހައުސިން މިނިސްޓްރީ


ޝަރީފް ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މާލީ ފައިދާ ހޯދުން ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގިއަށް ބޭނުންވާ މުހިއްމު މަސައްކަތްތަކަށް އިންވެސްޓްކޮށް މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަކީ ގައުމީ ބޭންކުގެ އެންމެ މުހިއްމު އެއް ދައުރު ކަމަށެެވެ. 

މި މަޝްރޫއު ވެސް ނިންމަނީ 2028ގެ މެދެއްހާ ހިސާބަށެވެ. ޝަރީފް ވިދާޅުވީ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ދީފައިވާ ކަމަށެވެ.

"ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު." ޝަރީފް ވިދާޅުވި އެވެ.

ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3ގަ އެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;