20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު މެއި 2029ގައި ހަމަ ވުމުގެ ބަދަލުގައި އޭގެ 6 މަސް ކުރިން 1 ޑިސެމްބަރު 2028 ހަމަވާ ގޮތަށް ދައުރު ކުޑަކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް ހުށަހެޅީ ސަރުކާރުންނެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ވަނީ ބިލު ތަސްދީގުކުރަން ފޮނުވައިފަ އެވެ.
މަޖިލީހުގެ އުމުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނުއަސާސީގައި އޮންނާތީ، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމަށް އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގަން ވަނީ ނިންމާފަ އެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ އިތުރު 180 ފްލެޓުގެ ބިންގާ އަޅަން މިރޭ ހުޅުމާލެ ސަހަރާ ކުރިމަތީގައި ބޭއްވި އިވެންޓެއްގައި މުއްތަލިބު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ހަމައެކަނި އިދާރީ ކަމެއް ނޫން ކަމަށެވެ.
އެއީ ރައްޔިތުންގެ އައުލަބިއްޔަތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހޮވާ ރައީސުުލްޖުހޫރިއްޔާގެ ދައުރު ރަނގަޅަށް ނުފެށެނީސް، އުމުރު ހަމަވާ މަޖިލީހަކުން ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ވަގުތު ބޭކާރުވެ ނުދިއުމަށް ނިންމަވަން ޖެހޭ މުހިންމު ކަމެއް ކަަމަށް ޑރ. މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ހަމައެކަނި އިދާރީ ކަމެއް ނޫނެވެ. އެއީ ރައްޔިތުންގެ އަޣުލަބިއްޔަތުން ފަސް އަހަރުގެ މުއްދަތަށް ހޮވާ ރައީސްގެ ދައުރު ރަނގަޅަށް ނުފެށެނީސް އުމުރު ހަމަވާ މަޖިލީހަކުން ނިންމާ ނިންމުންތަކެއްގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް ވަގުތު ބޭކާރުވެގެން ދިޔަ ނުދިނުމަށް ނިންމަންޖެހޭ މުހިއްމު ކަމެއްގެ ގޮތުގައި މުއްތަލިބު ސިފަ ކުރެއްވި އެވެ.
މުއްތަލިބު ވިދާޅުވީ ވޭތުވެދިޔަ މަޖިލީހުން އަމަލު ކުރިގޮތުން ގެއްލުން ލިބުނީ ރައްޔިތުންނަށް ކަމަށާއި، ގެއްލޭ ކޮންމެ ވަގުތަކީ ބޯހިޔާވަހިކަމެއްނެތި، އުޅޭ އާއިލާތަކަށް، ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުރަސް އެޅޭ ކަމެއްކަމަށެވެ.
މިހާރު ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލަކީ، ރައްޔިތުންނަށް، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މުހިންމު ބަދަލަކަށް ވާނެކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭބުނެ ޖަލްސާތަކާއި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއްކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;