ads
މިރޭ ހުޅުމާލޭގައި 3 މިނެޓަށް ހަވާ އަރުވަނީ
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ފަށަން މިރޭ ހަވާ އަރުވަނީ
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއި އިފުތިތާހުކުރުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި، ހަވާ އަރުޥަނެކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
Advertisement

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުން މިރޭ އޮތީ މާލެ ދުވާ ޓްރެކް ދަނޑުގައެވެ. އެމްއެންޑީއެފުން ބުނީ މިރޭ 21:00 އާއި 23:00 އާ ދެމެދު، މާލެ ދުވާ ޓްރެކް ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.  އަދި ތިން މިނެޢްހާއިރަށް ހަވާ އަރުވާނެކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. 

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއި އިފުތިތާހުކުރުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާން މަޖްބޫރުކުރަމުންދާކަމަށް އަޑުތައްވަނީ ފެތުރިފަ އެވެ.

ދިވެހިންގެ މާތް އަހުލާގާއި އަދަބުވެރި ރީތި އުޅުމާއި ގުޅުންތައް އިޔާދަކޮށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމަށް ކެބިނެޓުން  ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް