މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުން ޔަޒްމީދު މުހައްމަދު ވިދާޅުވީ، ޕެންޝަން ފަންޑު 30 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް މިހާރު 204،549 މީހުން ބައިވެރިވެފައިވާ ކަމަށެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕެންޝަން ފަންޑުން 16.8 މިލިއަން ރުފިޔާ ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވާކަން ޔަޒީދު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި މިދިޔަ 12 މަސްތެރޭ 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށްވެސް ޔަޒްމީދު ވިދާޅުވި އެވެ.
ޔަޒްމީދު ވިދާޅުވީ ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށެވެ.