މި ސްޕޯޓްސް ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމާއި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފާއި، ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްޑީސީން ބުނީ އަންނަ އެޕްރީލް މަހުގެ ނިޔަލަށް މަޝްރޫއު އެއްކޮށް ނިންމުމަކީ އެ ކޯޕަރޭޝަންގެ އަމާޒު ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގައި ހުރި ކުޅިވަރަށް ހާއްސަ ބިންތައް ތަރައްޤީކުރުމުގެ މަސައްކަތަކަށް އެކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;