ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ކައުންސިލުން ބަޔާނެއް ނެރުނީ "ކަނަކު އިޝާ ނަމާދަށް ދާހެން" ސަރުކާރުން ލާހޫރެނީ ކަމަށް ވިދާޅުވެ ޝާހިދު ދެއްކެވި ވާހަކައަށް ފަހުގަ އެވެ.
އެމްޑީޕީން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުން އެއީ ގައުމެއް ހިންގުން ކަމަށް މި ސަރުކާރަށް ނޭނގޭ ކަމަށާއި މި ސަރުކާރު ދަނީ ލާހޫރެމުން ކަމަށެވެ.
ޝާހިދުގެ މި ވާހަކަތައް ކުށްވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މާރިޗު 28 ވަނަ ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޝާހިދު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަންލިބޭފަދަ އަދި އެބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަދައްކާފައިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ކައުންސިލުން ވަނީ އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް ގޮވާލައިފަ އެެވެ. އަދި އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރާ ބުރަ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;