ads
އެމްޕީއެލްގެ ހުޅުމާލެ ބަނދަރު: 13.6 މިލިއަން ސިނގިރޭޓް ގެއްލުނު މައްސަލާގައި ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި - ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނާ އުުފުލުމަށް ވަކި ރޭޓްތަކެއް ކަނޑައަޅައިފި
40 ފޫޓްގެ ކޮންޓެއިނާަރަކަށް 3000 ރުފިޔާ
20 ފޫޓުގެ ކޮންޓެއިނަރަކަށް 1500 ރުފިޔާ
މާލެ ވިޔަފާރި ބަނދަރު - މާލެ ކޮމާޝަލް ހާބަރު (އެމްސީއެޗް) އާއި ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) އާ ދެމެދު ކޮންޓޭނަރު ގެންދިއުމަށް އާ ފީއެއް ނަގަން ފަށައިފި އެވެ.
Advertisement

ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ "ފުލް ކޮންޓޭނަރ ލޯޑް" (އެފްސީއެލް) ކޮންޓޭނަރތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލް އަށް ބަދަލުކޮށް، މިދިޔަ މަހުގެ. 27 ވަނަ ދުވަހުން ފެށިގެން އެ ޓަރމިނަލްގައި އެ ހިދުމަތް ވަނީ ފަށައިފަ އެވެ. 

ތިލަފުއްޓަށް އެފްސީއެލް ކޮންޓޭނަރު ގެންދިއުމަށް އޮކްޓޫބަރު 27 އިން 14 ނޮވެމްބަރާއި ހަމައަށް ނަގާފައިވަނީ މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓަރމިނަލްއަށް ކަނޑުމަގުން ކޮންޓޭނަރ ގެންދިއުމަށް ނަގަމުންދާ ޓެރިފެވެ. އެހެން ނަމަވެސް، 15 އޮކްޓޯބަރުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރ އުުފުލުމަށް ވަކި ރޭޓްތަކެއް ވަނީ ކަނޑައަޅައިފައި ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރަކަށް ނަގާނީ 1،500 ރުފިޔާ އެވެ. އަދި 40 ފޫޓްގެ ކޮންޓެއިނާަރަކަށް 3،000 ރުފިޔާ އެވެ.

މިއީ މާލޭ އާއި ތިލަފުއްޓާއި ދެމެދު ހުރި ދުރުމިނަށް ރިޔާއަތްކޮށް، މި ހިދުމަތަށް އެކަށޭނަ އަގުތަކެއް ކަނޑައެޅުމުގެ މަގުސަދުގައި ގެނެވުނު ބަދަލެއް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް