ads
އުރީދޫގެ 5ޖީ ނެޓްވޯކް ކަވަރޭޖް ލިބޭ ހުރިހާ ސަރަހައްދަކުން ވެސް 5ޖީ ކަނެކްޓިވިޓީ ލިބޭނެ.
ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް އުރީދޫގެ 5ޖީ ހިދުމަތް
ގޫގުލް ޕިކްސެލް ފޯނުތަކަށް އުރީދޫން 5ޖީގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
Advertisement

މިއާއެކު ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ހަލުވި އިންޓަނެޓް ސްޕީޑާއެކު އިތުރަށް ފުރިހަމަވެފައިވާ މޮބައިލް ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ އިން ބުނީ ނޮވެމްބަރު މަހުގެ އަޕްޑޭޓާއެކު، ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް މިހާރު 5ޖީގެ ހިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުން ކުރެވޭނެތީ، 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

މި އާ އަޕްޑޭޓުން ގޫގުލް ޕިކްސެލްގެ ގިނަ ސްމާޓްފޯނުތަކަކަށް މި ހިދުމަތް ސަޕޯޓްކުރާކަން އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ސީރީޒްގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި، މި ހިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތައް ހިމެނެ އެވެ.

"ގޫގުލް ޕިކްސެލް ޑިވައިސްތަކަށް 5ޖީ ލިބުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެއް އަދި އެންމެ ފަހުން އެކަން ހަގީގަތަކަށް ހަދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

މި ކާމިޔާބީގެ ސަބަބުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށާއި މުޅި ރާއްޖޭގައި ޒަމާނީ މޮބައިލް ކަނެކްޓިވިޓީ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެ އެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކަސްޓަމަރުން އަބަދުވެސް ގުޅިފައި ތިބޭނެކަން ކަށަވަރުކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ދަނީ ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް އާ ޓެކްނޮލޮޖީތައް ތައާރަފުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް