ads
ރައީސް އަރިހަށް ސައުތު އޭޝިއަން ޔުނިވާސިޓީގެ ރައީސް ޒިޔާރަތް ކުރެއްވުން
ރާއްޖެއަށް މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވައިފި
ރާއްޖެއާއި ސައުތު އޭޝިއަން ޔުނިވާސިޓީ (އެސްއޭޔޫ) އާ ދެމެދު މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޔުނިވާސިޓީގެ ރައީސް، ޕްރޮފެސަރު ކޭ. ކޭ. އަގަރްވާލްއާ މަޝްވަރާ ކުރައްވައިފި އެވެ.
Advertisement

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސައުތު އޭޝިއަން ޔުނިވާސިޓީ އާ ދެމެދު މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ދެފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން، ހާއްސަކޮށް ސިއްހަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ހިޔާލުބަދަލު ކުރެއްވި އެވެ.

މީގެ އިތުރުން، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްޓަކައި، އެ ޔުނިވާސިޓީ އާއި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާމެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް