ads
ރައީސް މުހައްމަދު މުއިއްޒު
ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމުގެ ވިސްނުން ރައީސް ނުގެން ގުޅުއްވާ!
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ބަދަލުތަކުގެ ތެރޭގައި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުން ނުހިމެނޭ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމުގައި އެއްވެސް ވަރަކަށް އޮތް ކަމެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން ރައީސްކަމުގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރެއް ބަޔާންކޮށްފައެއް ނުވެ އެވެ. އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މިހާރު ގާނޫނު ހުއްދަ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަައި ރައްޔިތުންނަށް ގިނަ ބާރުތަކެއް ލިބޭނެ ގޮތަށް ދުސްތޫރީ އަދި ގާނޫނީ ނިޒާމު އިސްލާހުކުރެއްވުމުގެ މަސައްކަތް ރައީސްވަނީ ފައްޓަވާފަ އެވެ. އެކަަމަަށްޓަކައި ވަށާޖެހޭ އިސްލާހީ އެޖެންޑާއެއް އެމަނިކުފާނުވަނީ އިއުލާނުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;