މި މިސްކިތް އަޅަން ބޭނުންވާ ފައިސާ ދެނީ ސައުދީ އަރަބިއްޔާގެ ރާޖިހީ ކޮންޕެނީކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީހާރު މަދީނާއަށް ކުރައްވާ ޒިޔާރަތުގެ ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި، ރާޖިހީ ކޮންޕެނީއާއެކު މިއަދު ސޮއިކޮށްްފައިވާކަމަށެވެ. އަދި ރާއްޖޭ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ގެ ކުރެހުން
މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގަކާއި ޕާކިންވެސް ހިމެނޭހެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ވަޤުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށްކަމަށާއި ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ގެ ކުރެހުން
މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަމަށާއި، މި މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުޙަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިސްކިތައް ފައިސާ ހަރަދުކުރާ ރާޖީހީ ކުންފުނީގެ ވެރިން ބައިވެރިވާނެކަމަށް އިސްްލާމިކް މިނިސްޓްރީން ބުނެއެވެ.
ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް) ގެ ކުރެހުން
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު އިސްލާމީ ބިނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި މީގެ 41 އަހަރު ކުރިން އިމާރާތް ކުރި އިސްލާމީ މަރުކަޒެވެ. އެތަނުގައި އެއްފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;