މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ބުނީ އަންނަ ހޮނިހޮރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، ވަކި ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރަން ނިންމާފައިވާކަމަށެވެ.
ދުއްވުން މަނާ އުޅަނދުތައް
ޓްރާންސްޕޯޓް މިނިސްޓްރީ ން ބުނީ ވޯޓްލާ ދުވަހު ބަރު އުޅަނދުތައް ފުއްވުން މަނާވަނީ އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 23:00 އަށްކަމަށެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައިވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާ ނުވާނެކަމަށް ޓްރާންްސްޕޯޓް މިނިސްޓްރީން ބުނެއެވެ.
މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްްޕޯޓް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;