މިއީ މުޅި ދުނިޔޭގައި ވެސް އެއްވަގުތެއްގައި އެހާ ގިނަ އޭޓީއެމްގެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ބޭންކުން އާއްމުކުރި މައުލޫމާތުގައި 2023ގެ ނިޔަލަށް ޑޮލަރު އޭޓީއެމް، ރާއްޖޭގައި ހުރީ އެންމެ ރަށެއްގަ އެވެ. އޭރު ގާއިމްކޮށްފައި ވަނީ އެންމެ ފަސް ޑޮލަރު އޭޓީއެމް އެވެ. އެހެންނަމަވެސް މިއަދުގެ ނިޔަލަށް ރާއްޖޭގެ 79 ރަށެއްގައި 86 ޑޮލަރު އޭޓީއެމް މިވަނީ ބަހައްޓައިފަ އެވެ.
70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތަކުގެ ތަފްސީލު:
1. ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
2. ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
3. ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
4. ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
5. ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
6. ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
7. ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
8. ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް
9. އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
10. އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
11. ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
12. ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
13. މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
14. ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
15. ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
16. ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
17. ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
18. ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
19. ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
20. ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކަށް ބަލާއިރު 2023ގެ ނިޔަލަށް 73 ރަށުގައި 138 އޭޓީއެމް ވަނީ ގާއިމުކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގައި ވަނީ 268 އޭޓީއެމް ގާއިމުވެފައެވެ. އަދި މިއަދުގެ ނިޔަލަށް އައިއިރު މީހުން ދިރިއުޅޭ 187 ރަށުގައި ހުރި އޭޓީއެމްގެ އަދަދު މިވަނީ 340އަށް އަރައިފަ އެވެ.
މީގެ އިތުރުން، އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އިތުރު ހަ ރަށެއްގައި ގާއިމްކުރި ބީއެމްއެލްގެ އާ ބްރާންޗްތައް ވެސް އިފްތިތާހުކޮށް ދެއްވައިފަ އެވެ.
އާ ބްރާންޗްތައް ހުޅުވި ރަށްތަކަކީ:
1. ހދ. ހަނިމާދޫ
2. އއ. ތޮއްޑޫ
3. ތ. ވިލުފުށި
4. ސ. ހުޅުދޫ
5. ތ. ހިތަދޫ
6. ހދ. ކުޅުދުއްފުށި
އެ ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ސެންޓަރެއް ކަމަށާއި އަދި މާދަމާއިން ފެށިގެން އެ ބްރާންޗްތަކުން ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ އެ ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން އަދި ކަސްޓަމަރުން ތިބި ތަނަކުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ އޭޓީއެމްގެ ހިދުމަތް އެއްފަހަރާ ދޭން ފެށުމަކީ، ދުނިޔޭގެ އެއްވެސް ބޭންކަކުން މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;