ads
11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކުރުން
11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި
11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
Advertisement

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީން އެވެ.

ސޮއިކުރެވުނު މަޝްރޫޢުތައް:

– ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމް ނިޒާމު ޤާއިމުކުރު މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްކުރުން

– ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ގާއިމުކުރުން

– ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރު މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ކުރުން

– ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު

މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;