ads
ހޭރާ ޕޭރީ 3
ހޭރާ ޕޭރީ 3 އިން ސްކްރީން ރައިޓަރު ވަކިވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ފިލްމު "ހޭރާ ފޭރީ 3" ގެ މަސައްކަތްތަކުން އެ ފިލްމުގެ ސްކްރީން ރައިޓަރު ރޯހަން ޝަންކަރު ވަކިވެއްޖެ އެވެ. އޭނާ މި ފިލްމުން ވަކިވީ ފިލްމާ ގުޅޭ ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
Advertisement

ރޯހަން ޝަންކަރަކީ "ހޭރާ ފޭރީ 3" ގެ ފުރަތަމަ ޓީޒަރު ލިޔުނު ލިޔުންތެރިޔާ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ މަސައްކަތުން އޭނާ ވަކިވި ނަމަވެސް، ފިލްމުގެ ޑައިރެކްޓަރަކަށް ޕްރިޔަދަރްޝަން ހުރެއްޖެ ނަމަ އަލުން ފިލްމާ ގުޅުމުގެ ފުރުސަތު އެބައޮތެވެ. އޭނާ މިހެން ބުނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ.

މި ފިލްމުގެ މަސައްކަތް ހުއްޓިފައި ވަނީ އިންޑިއާގެ މަދުރާސް ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. ސައުތު އިންޑިއާގެ ފިލްމު އުފައްދާ ކުންފުންޏަކުން ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު ފިރޯޒް ނަޑިއަދުވާލާ އަށް މި ފިލްމުގެ ތިންވަނަ ބައެއް އުފެއްދުމުގެ ހައްގު ލިބިގެން ނުވެ އެވެ. މި ގާނޫނީ މައްސަލަތަކުގެ ސަބަބުން ފިލްމު އުފެއްދުން ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.

ޕްރިޔަދަރްޝަން ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަކީ ދުރު ކަމެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ އަކްޝޭ ކުމާރުގެ އެހެން ފިލްމެއްގަ އެވެ. "ހޭރާ ފޭރީ 3" ގައި އަކްޝޭ ކުމާރާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލް ފެންނާނެ ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;