ads
އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 4012 އެކައުންޓެއް ބަންދުކުރަނީ
އިސްލާމިކް ބޭންކުގައި ހުޅުވައިފައިވ،ާ އެއްވެސް މުޢާމަލާތެއް ނުކުރާތާ 5 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ އެކައުންޓްތަކެއް ބަންދުކުރަން ނިންމައިފިއެވެ.
Advertisement

އެ ބޭންްކުންް ބުނީ މި ދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ ކަމަށ ރިކޯޑްތަކުން ދައްކާ ހުރިހާ އެކައުންޓެއްގެ ވެރި ފަރާތްތަކަށް ބޭންކުން ސިޓީއެއްް ފޮނުވާފައިވާކަމަށެވެ. އެގޮތުން އެ ސިޓީއަށް ޖަވާބު ނުދޭ ފަރާތްތަކުގެ އެކައުންޓްތައް ބަންދުކޮށް އެ އެކައުންޓްތަކުގައިވާ ފައިސާ އެމްއެމްއޭއާ ހަވާލުކުރަން ގާނޫނުގައި ބުނާކަން އެމްއައިބީއިން ބުނެއެވެ. 

އެމްއައިބީން އާއްމުކޮށްފައިވާ ތަފްސީލުތަކުގައިވާ ގޮތުން 4012 އެކައުންޓެއް ވަނީ މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިވާ ނުވާ ކަމަށެވެ.

އެމްއައިބީން ބުނީ މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިވާ ނުވާ އެކައުންޓްތަކުގެ ވެރި ފަރާތްތަކުން އެ އެކައުންޓްތައް އަލުންް އެކްޓިވޭޓްކުރުމަށް މިއަދުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ބޭންކަށް އަންގަންޖެހޭނެކަމަށެވެ.އަދި އެއަށްްފަހު އެކައުންޓުން ފައިސާފެ  މުއާމަލާތެއް ހިންގުމަށްވެސް އެމްއައިބީން ވަނީ އެދިފައެވެ. 

އެހެންކަމުންް އަންނަ ޖޫންމަހުގެ 2 ގެ ކުރިން އެކައުންޓްތައް ެއެކްޓީވޭޓް ނުކުރާ ފަރާތްތަކުގައި ފައިސާ އެމްއެމްއޭއާ ހަވާލުކުރާނެކަމަށް އެމްއައިބީން ބުނެއެވެ. އަދި އެއަށްފަހު އެ އެކައުންޓްތަކުގައި ފައިސާއެއް ހުރިނަމަ އެ ފައިސާއެއް ލިބޭނީ  'ޑޯމަންޓް އެކައުންޓްގައިވާ ފައިސާ ނެގުމަށް އެދި ހުށައަޅާ ފޯމް' ފުރުމަށްފަހު ބޭންކަށްް ހުށައެޅުމުންކަމަށް އެމްއައިބީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;