އެ ކެމްޕޭންގެ ފަރާތުން ބޭއްވި ބައްދަލުވެމެއްގައި އެ ކެމްޕޭނުން ބުނީ ފުނަވަލަށް ގެއްލުން ނުވާނެ ގޮތަށް ކުރާނެކަމަށްބުނެ، މިވަރުގެ ބިނާތަކެއް ވަލުގެ ސަރަހައްދު ބޭނުންކޮށްގެން ހެދުމަށް ތައްޔާރުވަމުންދާއިރު، މިއީ މި ގަސްތަކާއި، މުޅި މާހައުލީނިޒާމު އެގޮތުގައި ދަމަހައްޓާ ދިރުންތަކަށް އިޔާދަނުކުރެވޭނެ ގެއްލުންވާނެ ފަދަ މަޝްރޫއެއް ކަމުގައި އެެވެ.
ސޭވް މޯލްޑިވްސް އިން އިތުރަށް ފާހަގަ ކުރި ގޮތުގައި ވިލިމާލޭގެ 30 ނަންބަރު ބުލޮކުގައި ހުރި ފުނަ ގަސްތަކަކީ ހިމާޔަތް ކުރެވިފައިވާ ގަސްގަހާ ގެހީގެ ދަފްތަރުގައި ހިމެނިފައިވާ ގަސްތަކެއް ކަމަށާއި އެއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހިމާޔަތްކުރެވިފައިވާ ގަސްގަސް ކަމުގައި އެވެ.
މީގެ އިތުރުން ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގެދަށުން 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި މިމަޝްރޫއުވެސް ކުރިޔަށް ގެންދަން ނިންމާފައިވަނީ ވިލިމާލޭގެ ޒަމާންވީ 50 އެތައް ގަހެއް ހުރި ސަރަހައްދެއްގައި ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައި އެވެ.
ރައްޔިތުންގެ އާންމު ސިއްހަތާއި މަސްލަހަތަށް ސަމާލުކަން ނުދީ މި މަޝްރޫއު ވިލިމާލޭގައި ހިންގުމުގެ މާނައަކީ ކޮބައިކަން ސާފެއް ނުވާ ކަމަށް ފާހަގަ ކުރަމުން ސޭވް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީފަރުވާގެ ހާލަތު އިންތިހާއަށް ދަށްވެ، ރައްޔިތުންގެ އަތުން ބޮޑު ޚަރަދުތަކެއް ކޮށްގެން މާލޭގެ އައި.ޖީ.އެމް ހޮސްޕިޓަލަށް އައުމަށް މަޖުބޫރުކުރާ ކަމުގައި އެވެ.
އަދި ވިލިނގިލީގައި މިފަދަ ހޮސްޕިޓަލް އެއް އެޅިނަމަވެސް އެ ކަމުގެ ސަބަބުން ރާއްޖޭގެ މުޅި ސިއްހީނިޒާމު ހަރުދަނާވެގެންދާނެ ކަމެއްވެސްނޫން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެެވެ.
މި ޖަމިއްޔާއިން ވަނީ ސަރުކާރުން ކުރިޔަށްގެންދާ މިފަދަ މަޝްރޫއުތަކުގެ ސަބުބުން ތިމާވެއްޓަށް ނުވަތަ އާންމުންގެ ސިއްހަތަށް އަސަރެތަކެއް ކުރާނަމަ އެކަން ކަން ވަގުތުން ހުއްޓަލަން ސަރުކާރަށް ގޮވާލާފައި އެެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;