މާލޭ ޓެކްސީ ލައިނަކީ މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ މަގުސަދުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތީން ފަރުމާކުރެއްވި މަސައްކަތެކެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް އިފްތިތާހް ކުރުމަށް ރޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން މާލެއިން ބޭރުން އައްޑޫގައި މި ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަމީން ވިދާޅުވީ ސަރުކާރުން އަބަދުވެސް ގެންދަނީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއި ފަސޭހަ، އަދި ބަދަލު ކުރެވެން ހުރި ކަންތައްތައް ބަލައި، އެކަންތައް ހައްލުކޮށްދެމުން ކަމަށެވެ. އެގޮތުން މީގެ ކުރިން ޓެކްސީ ޑްރައިވަރުންނަށް ގަވާއިދުގެ ތެރެެއިން އެއް ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރެވޭ ގޮތަށް އޮތް އޮތުން، ބަދަލުކޮށް، ސަރުކާރން ވާނީ އިތުރު ޓެކްސީ ސެންޓަރުތަކުގައިވެސް ޑްރައިވަރުން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ކަމަށް އަމީން ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.
އެމްޓީސީސީއިން އިތުރަށް ބުނީ މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;