ads
މުޅި ރާއްޖެއަށްވެސް ވަރަށް ހޫނުގަދަ، އެންމެ ހޫނީ މާލެއަށް
މުޅި ރާއްޖޭއަށް މިއަދަކީ ވަރަށް ހޫނު ގަދަ ދުވަހެއްކަމަށް މޫސުމާއި ބެހޭ އިދާރާގެ ރިކޯޑްތަކުން ދައްކައިފިއެވެ.
Advertisement

މެޓްގެ ރިކޯޑްތަކުން ދައްކާގޮތުން އެންމެ ހޫނު ގަދައީ ވެރިރަށް މާލެއަށެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މިވަގުތު ހުރީ އެވްރެޖުކޮށް 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައިކަމަށް މެޓްގެ ރިކޯޑްތަކުން ދައްކައެވެ. 

ވެރިރަށް މާލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.3 ޑިގްރީ ސެލްސިއަސްގައިކަމަށް މެޓް އޮފީހުން ބުނެއެވެ. އެންމެ އުތުރުން ހދ. ހަނިމާދޫގައި 36.4 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، އެންމެ ދެކުނުން އައްޑޫ ސިޓީގައި ހޫނުމިން ހުރީ 35.6 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރިލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށެވެ.

މިދުވަސްވަރު ވިލާ މަދުވެފައި ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާކަަމަށް މެޓް އޮފީހުން ބުނެ އެވެ. ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ ވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އެންމެ ހުނޫ ގަދަވާނީ މެންދުރުފަހު 2 ޖަހާއިރުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ރާއްްޖޭގެ ހުރިހާ ހުސާބަކަށވެސް ހޫނުމިން ގަދަވާނެތީ އެޗްްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެންމެ ހޫނުގަދަވާ ގަޑިތައްކަމުގައިވާ ހެނދުނު 10:00 އިން 04:00 އިން އަތްވަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މީގެއިތުރުން ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ކުލަ އަލި ގަޔަށް ފަސޭހަ ދޫ ހެދުމެއް ލައިގެން އުޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އިރުވައި މޫސުން ނިމި، މި އަންނަ މަހު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;