ads
ފަޅުވެރިން ހޭނެތިފައި ތިއްބާ ފެނުނު ދޯނި ކައިރީގައި ބަޔަކު. ފޮޓޯ: މިހާރު
ފަޅުވެރިން ހޭނެތުނީ ނިދާފައި ތިއްބާ ޖަނަރޭޓަރަކުން އެރި ދުމުގެ ސަބަބުން
ނޯތު ހާބަރުގައި އޮތް ބޯޓުގައި ތިބި ފަޅުވެރިން ހޭނެތުނީ އެމީހުން ނިދާފައި ތިއްބާ ޖަނަރޭޓަރަކުން އެރި ދުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ނޯތު ހާބަރުގައި އޮތް "ޑީއެމްއެމްއޭ އެކްސްޕްރެސް 5" ގެ ފަޅުވެރިން ހަބަރު ހުސްވެ ހޭނެތިފައި ތިއްބާ ފެނުނީ މިއަދު ހެނދުނުއެވެ. 

ހަބަރު ހުސްވެފައި ވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެންމެންނަކީ ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެންމެން މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ފަރުވާ ދެމުންދާކަމަށެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ފުލުހުން ބުނެއެވެ.

އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;