މިއަދު ނެގި ތިން ވޯޓުން ބޮޑު ތަނުން ސަރުކާރަށް ނޫނެކޭ ރައްޔިތުން ބުނެފިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ނެގި ވޯޓުގައި އެމްޑީޕީން ވަނީ ބޮޑު ތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހޯދާފައިކަމަށެވެ. " ހުރިހާ ސިޓީއެއްގިނަ ރަށްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި." ނަޝީދު އެކްސްގައި ކުރެއްްވި ޕޯސްޓުގައިވެއެވެ.މިއަދު ކުރިޔަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ އެހި ވޯޓުގައިވެސް ސަރުކާރު ވަނީ ބަލިވެފައެވެ. އެ އިންތިހާބުގައި ގިނަ ބަޔަކު ވަނީ ދެ އިންްތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ވޯޓް ދީފައެވެ.

Advertisement