އެމްޑީޕީން އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ އާޓިފިޝަލް ބީޗުގައެވެ. އެގޮތުން އެ ހަރަކާތުގައި މާލޭގެ މޭޔަރުގެ ގޮނޑީ ދިފާއުކުރެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މާލޭގެ ގޮނޑިތައް ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓުން އަންނަނީ ބައިވެރިވަމުންނެވެ.
އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަން ލިބިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ހުރިހާ ސިޓީ ކައުންސިލެއްގެ މެޖޯރިޓީވެސް ނެގީ އިދިކޮޅު އެމްޑީޕީންނެވެ.
މީގެއިތުރުން ދެ އިންތިހާބު އެއްކުރަން ނެގި ވޯޓުންވެސް ސަރުކާރަށް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން މިހާތަނަށް ގުނި ނަތީޖާތައް ދައްކާގޮތުން 70 އިންސައްތަ މީހުން ބުނެފައިވަނީ ދެ އިންތިހާބު އެއްކުރަން ނުފެންނަކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;