ads
ހުރިހާ ސިޓީގެ މޭޔަރުން
ހުރިހާ އެމްޑީޕީީ މޭޔަރުން ދެވަނަ ދައުރު ޔަގީންކޮށްފި
މިއަދު ކުރިޔަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ އެމްްޑީޕީން މެމްބަރުން ދެވަނަ ދައުރެއް ޔަގީންކޮށްފިއެވެ.
Advertisement

މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާގޮތުން މާލެ، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 

މާލޭގެ މޭޔަރުކަމުގެ ގޮނޑި މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. ފުވައްމުލަލު ސިޓީގެ މޭޔަރުކަންވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރީ މިހާރުގެ މޭޔަރު މޭޔަރު މުހައްމަދު އާތިފު އެވެ. 

އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު އަލީ ނިޒާރުވެސް ދެވަނަ ދައުރު ޔަގީން ކުރެއްވީ ވޯޓުގައި ބޮޑު ތަފާތަކުންނެވެ. އަދި ފުވައްމުލަކު މިހާރުގެ މޭޔަރު އިސްމާއިލް ރަފީގުވެސް ގޮނޑި ޔަގީންކުރީ ބޮޑު ތަފާތަކުންނެވެ. 

އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދިޔައީ ތިނަދޫ ސިޓީ މޭޔަރުކަމުގެ ގޮނޑިއެވެ. އެ ގޮނޑިވެސް ވަރަށް ވާދަވެރިކޮށް ގޮސް މިހާރުގެ މޭޔަރު ސައުދު އަލީ ވަނީ ކާމިޔާބު ކުރައްވާފައެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;