ads
ވޯޓު ގުނުން ކުރިއަށްދަނީ - ފޮޓޯ: އީސީ
ނަތީޖާ ބަލައިގަންނަން އެޗްއާރްސީއެމުން އިލްތިމާސްކޮށްފި
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގެ ނަތީޖާ ބަލައިގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމުން މިރޭ ބުނީ ދިމިގްރާޠީ އުސޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން، އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކޮށް، ދެބަސްވުން އޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް، ގާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ހައްލުތައް ހޯދުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންތިހާބުތަކުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ހުރިހާ ސިޓީއެއްގެ މޭޔަރު ގޮނޑި ވެސް ކާމިޔާބުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން ރިޔާސީ އިންތިހާބާއި ރައްޔަތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ބޮޑު އިންސައްތައެއް ވަނީ ވޯޓު ދީފަ އެވެ.

މިއަދުގެ އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 294876 މީހުންގެ ތެރެއިން 60 އިންސައްތަ އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;