ads
ނަތީޖާ ބަލައިގަންނަން، ސަރުކާރު ރަނގަޅު ކުރަންޖެހޭކަން ކަންކަން ކުރާނަން: މުއިއްޒު
ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 
Advertisement

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިއަދުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު އއެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އިހްތިރާމާއެކު ބަލައިގަންނަވާކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ރައީސް މުއިއްޒު ވަނީ ތަހްނިޔާ ދަންނަވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ރަނގަޅު ކުރަންޖެހޭކަން ކަންކަން ކުރުމުގައި ދެމި ހުންނަވާނެކަމަށެވެ. 

" ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން." ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

މިއަދު ބޭއްވި އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑި ކާމިޔާބުކޮށް ދެވަނަ ދައުރެއް ޔަގީންކޮށްފައެވެ. އަދި ހުރިހާ ސިޓީއެއްގެ ކައުންސިލްގެ މެޖޯރިޓީވެސް ވަނީ ނަގާފައެވެ. 

މީގެއިތުރުން ދެ އިންތިހާބު އެއްކުރަން ނެގި ވޯޓުންވެސް ސަރުކާރަށް ވަނީ ނާކާމިޔާބު ވެފައެވެ. އެގޮތުން މިހާތަނަށް ގުނި ނަތީޖާތައް ދައްކާގޮތުން 70 އިންސައްތަ މީހުން ބުނެފައިވަނީ ދެ އިންތިހާބު އެއްކުރަން ނުފެންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;