ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން 3 ބޭފުޅުން އެ މަގާމަށް ކުރިމަތިލެއްވިއެވެ. އެއީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.
އަހްމަދު މުހައްމަދު ކޮމިޝަނަރުކަމަށް އައްޔަން ކުރައްވާފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އޭނާ ވަނީ 1995ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ
.އޭނާއަކީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ފުލުހެކެވެ.
މީގެއިތުރުން، އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަސް ބޭސިކް ޓްރޭނިންގ ކޯހުގެ އިތުރުން، ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އަހުމަދު މުހައްމަދު ވަނީ ފުރިހަމަކުރައްވާފަ އެވެ.
ޕޮލިސް ކޮމިޝަނަރު އަވަސް އަވަހަށް ބަދުލުވެ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަންނަ ކަމުގެ ކަންބޮޑުވުން ރައްޔިތުން އަދި ވެސް އަންނަނީ ފާޅުކުރަމުން ނެވެ.
މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑި ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމު މިނިވަން ކުރުމަށް މަގެއް ހޯދުން"
ހުށަހެޅުން:
ނަތީޖާ:
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;