ads
މާލޭ ސިޓީއަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓުން
ވިލިމާލެ ފިޔަވާ މާލެ ސިޓީގެ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް
އިއްޔެ ބޭއްްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިރަށް މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީން ހޯދައިފިއެވެ.
Advertisement

މާލޭގެ އެކި އަވަށްތަކުން މާލޭ ސިޓީ ކައުންސިލަށް މޭޔަރު ނުލާ ޖުމްލަ 17 މެމްބަރުން އިންތިހާބުކުރެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އޭގެތެރެއިން 16 ދާއިރާ ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީއަށް ނުލިބުނު ހަމައެކަނި ގޮނޑިއަކީ ވިލިމާލެ ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ނުކުތް އިބްްރާހިމް ސަމާހުއެވެ. 

މާލޭ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެވެސް އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. މާލޭ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ހިމެނޭ ގޮތަށް އެމްޑީޕީއަށް 17 ގޮނޑި ވަނީ ލިބިފައެވެ. އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީންވެސް އެމްޑީޕީއަށް ނުލިބުނީ ވިލިމާލެ ދާއިރާގެ ގޮނޑި އެކަންޏެވެ. އެ ގޮނޑި ކާމިޔާބުކުރީ ވެރިކަން ހިންގާ ޕީއެންސީން ނުކުތް ކެންޑިޑޭޓް ހިޝްމާ އަހްމަދުއެވެ. 

your imageވިލިމާލެ ދެ ގޮނޑި ކާމިޔާބުކުރި ޕީއެންސީ ކެންޑިޑޭޓުން

މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީން ދިފާއުކޮށްފައިވަނީ ސަރުކާރު ކެނޑިޑޭޓާއި ވާދަކޮށްް ބޮޑު ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މިހާރު މޭޔަރު އާދަމް އާޒިމް އެ ގޮނޑި ކާމިޔާބުކުރީ 45.2 އިންސައްތަ ވޯޓް ހޯދައިގެންނެވެ. އެއީ 13,731 ވޯޓެވެ. 

your imageމާލޭ ސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަން ކާމިޔާބުކުރެއްވި ރީޝާ

މާލޭ ސިޓީގެ އަންްހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްކަންވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޝިޔަތު އަލައިކާ ވާދަކޮށް އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްކަން ނެގީ އެމްޑީޕީގެ ފަރާތުން އައިޝަތު ރީޝާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;